ގެއްލުނު އިރު އަލީފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެ

މޫދަށް އެރި އުޅެނިކޮށް ހޮނިހިރު ދުވަހު ހިތަދޫން ގެއްލުނު ދެކުދިންގެ ތެރެއިން ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނިއްޖެއެވެ.

އަލީ ފަހްމީ ލައިގެން ހުރި ކަމަށް ބެލެވޭ ސޯޓު ފެނުނީ ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ޓީމަކަށެވެ. އެ ސޯޓު ފެނިފައި ފްލެޓްތަކާއި ދިމާލުން ފުއްޓަރު ފަރާތު ފަރުމަތިންނެވެ. އެއީ އެ ކުދިން ގެއްލުނު ހިސާބާއި ވަރަށް ދުރު ހިސާބެކެވެ.

ފެނިފައި ވަނީ އަލީ ފަހްމީގެ ސޯޓްކަން އޭނާގެ އާއިލާ އިން ވެސް ކަށަވަރު ކޮށްދޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަލީ ފަހްމީގެ ސޯޓް ފެނުނު ސަރަހައްދާއި ދިމާލުން ކަނޑުގެ އަޑި ބެލުމަށް ސިފައިން ޑައިވަރުންގެ ދެޓީމެއް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އަލީ ފަހުމީ އާއި މަޔާމީން އަލީ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ވައިގެ މަގުންނާއި، ކަނޑުގެ މަގުން އައްޑޫގެ ބޮޑު ސަރަހައްދެއް މިހާރުވެސް ބަލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ

Next: ނޭޕާލާ ބައްދަލުކޮށް ސީދާ ތިންސެޓް ރާއްޖޭގެ ގައުމީ ވޮލީޓީމް ބަލިވެއްޖެ