ޏ. ފުވައްމުލަކަށް ރާޅު އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
މިގޮތުން، އެންމެ ބޮޑަށް އުދަ އަރާފައިވަނީ އެރަށު ފަޔާ ސްޓޭޝަނުން ފެށިގެން ކްރިކެޓް ސްޓޭޑިއަމާ ދެމެދު، ނައިބު ތުއްތު ބޮޑު މަގަށް ކަމަށާއި އަދި އެ ސަރަހައްދުގައި ހުރި ފުލުހުންގެ އިމާރާތުގެ ތެރެއަށް ވެސް އުދައެރުމުގެ ސަބަބުންވަނީ ލޮނު ގަޑު ވަދެފައެވެ.
ފުވައްމުލަކަށް ރާޅު އަރަން ފަށާފައިވަނީ ރޭ ފަތިހުން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެރަށުގެ އެކި ދިމަ ދިމާލުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިއަދު މެންދުރު ފަހުން އުދައަރާފައިވަނީ އާދަޔާ ހިލާފަށް ބޮޑަށް ކަމަށް އެރަށުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.
“އުދަ އެރި ހިސާބުގައި ހުރި ފުޑް ގާޑިއާތަކުގެ ތެރެއިން ދެ ގާޑިއާއަކަށް ގެއްލުންވި. ޕޮލިސް ސްޓޭޝަން ތެރޭގައި އޮތީވެސް ލޮނު. މީގެ ކުރީން އުދައެރިއަށް މިހާ ބޮޑަކަށް ރަށު ތެރެއަކަށް އުދަނާރާ ނާރާ. މިއީފާއިތުވެދިޔަ ގާތްގަނޑަކަށް 10 ނުވަތަ 15 އަހަރުގެ ތެރޭގައި މިރަށަށް މިހާބޮޑަށް އުދައަރާފައެއްނުވޭ ،” ފުވައްމުލަކު ސިޓީގެ މޭޔަރު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ރަށު ތެރެއަށް އިތުރަށް ރާޅު އަރައި ގެއްލުންތަކެއް ލިބުމުގެ ކުރީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެކި މުއައްސަސާތަކުގެ އެހީގައި ކުރެވެން ހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
މިގޮތުން އުދަ އަރާ ސަރަހައްދުތައް ފާހަގަކޮށް، އެ ސަރަހައްދުތަކުގައި ޖަމްބޯ ބޭޖް ޖެހުމައް ތައްޔާރު ވަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ދާޅުވީ، ޖަމްބޯ ބޭޖް ޖެހުމުގައި ވެސް ބޮޑަށް ރަށުގެ ގިރާ ސަރަހައްދަށް އިސްކަންދޭނެ ކަމަށެވެ.