މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދ އަތޮޅން ފެށިގެން އައްޑުއަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ނެރެނު އެލާޓްގައި ވަނީ، ދ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު މެޓުން ނެރުނު އެލާޓްގައި ބުނެފައި ވަނީ މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މެޓް އޮފީހުން މި ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެދުނު 6:45 އިން މެންދުު 12:00 އާއި ހަމައަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ

Next: ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި