ގއ. ފެށިގެން އައްޑުއަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެކަމަށް ބަލައި ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓ ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު އެލާޓްގަފައި ބުނެފައި ވަނީ، ގއ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށެވެ.

މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރު 14:00 އާ ހަމައަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މި ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާއިރު ކަނޑުމަތީގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.

ޔެލޯ އެލާޓް ނެރެނީ މިއެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެކަމަށް ލަފާ ކުރެވޭތީނެރޭ އެލާޓެކެވެ.

Next: ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ