އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށައިފި

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށައިފި އެވެ.

މި ހަމަލާތައް ދޭން ފަށާފައި މިވަނީ ސީރިއާ ސަރުކާރުން، އެގައުމުގެ ދޫމާއަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާއާއި ގުޅިގެން އޭގެ ރައްދެއްގެ ގޮތުގައިކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

އެމެރިކާ ރައްޔިތުންނާ މުޚާތަބުކުރައްވާ އެމެރިކާގެ ރައީސް ޓްރަމްޕް މިއަދު ވިދާޅުވީ އެމެރިކާއާއި އިގިރޭސިވިލާތް އަދި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ ވެސް ވަނީ ސީރިޔާއަށް ހަމަލާ ދިނުމުގައި އިނގިރޭސިވިލާތުން ބައިވެރިވާކަން ޔަގީންކޮށްދެއްވައިފަ އެވެ. މީގެ އިތުރަށް ސީރިޔާއަށް ހަމަލާދިނުމުގައި ފްރާންސްގެ އަސްކަރިއްޔާ އިން ބައިވެރިވާކަން އެގައުމުގެ ބޮޑުވަޒީރު އެމެނުއަލް މެކްރޮން ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
އެމެރިކާއިން ބުނި ގޮތުގައި ސީރީއާގައި ހުންނަ ސައިންޓިފިކް ރީސާޗް ފެސިލިޓީއަކަށާއި ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށްވެސް ވަނީ ހަމަލާދީފައެވެ.

ސީރިއާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރަޝިޔާއިން ބުނީ އެ ހަމަލާތަކަށް ރައްދު ނުލިބި ނުދާނެ ކަމަށެވެ. އަދި ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ރަޝިޔާއިން ވަނީ ދީފައެވެ.

Next: އަތޮޅުމަދަރުސާ އަދި ޝަރަފުއްދީން ގެ ކުރިމަތިލުން ހަމަމަ ނިމުމެއް