ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ އިމާރާތުގެ ބޮޑުބައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
މިދިޔަ އަހަރު އިމާރާތްކޮށް މަސައްކަތް ފަށާފައިވާ ކުނިކޮށި އިމާރާތުގައި ރޯވި އަލިފާންގަޑު ނިއްވާލުމުގެ މަސައްކަތް ވެމްކޯގެ މުވައްޒަފުންނާއި ފުލުހުންނާއި އާންމު ރައްޔިތުން އަދި ހުޅުމީދޫގައި ފާޚާނާ ހޮޅިވަޅުމުލުމުގެ މަސައްކަތްކުރަމުންދާ ސިއަރާ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުން ކޮށްގެން ކޮށްފައިވެއެވެ.
އެހެން ނަމަވެސް އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވަނީ ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އަލިފާން ނިވަން ބޭނުންކުރާ އާލާތްތަކާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށުމުންނެވެ.
ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ.
މިހާދިސާގައި އެ ސައިޓުގައި ހުރި ބައެއް މެޝިނަރީޒްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.