އެކުވެރިކަމުގެ ފުޓްބޯޅަމެޗް: މޮޅުވީ އަތޮޅުމަދަރުސާ ޓީމް

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ތައްޔާރުވަމުންދާ ސ. އަތޮޅުމަދަރުސާގެ 16 އަހަރުންދަށުގެ ފުޓްބޯޅަޓީމާއި ހެރަތެރެ ރިސޯޓްގެ ޓީމަކާއިދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެވިއްޖެވެ.

މިމަހުގެ އެއްވަނަ ދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް 5 ލަނޑު 4 ލަނޑުން ކާމިޔާބުކޮށްފައިވަނީ އަތޮޅުމަދރުސާގެ ޓީމެވެ.

މިމެޗަކީ އެކުވެރިކަން ބަދަހިކުރުމުގެގޮތުންނާއި އައްޑޫ އިންޓަރ ސްކޫލް މުބާރާތަށް ތައްޔާރުވަމުންދާ އަތޮޅުމަދަރުސާގެ ޓީމަށް މެޗް ތަޖުރިބާ ހޯދައި ދނުމުގެ މަގުޞަދުގައި ރޭވިގެން ކުރިއަށް ގެންދިޔަ މެޗެއްކަމަށް ވީއޯއެމްއަށް  މައުލޫމާތު ދެއްވަމުން އަތޮޅުމަދުސާ ޓީމްގެ ކޯޗް ސައީދު ހާމަކުރެއްވިއެވެ.

Next: “މި ތިބޫ ރައީސް ޔާމީނާ އެކީ” ގެ ނަމުގައި ލ.އަތޮޅުގައި ބޮޑު ޖަލްސާ އެއް!