“މި ތިބޫ ރައީސް ޔާމީނާ އެކީ” ގެ ނަމުގައި ލ.އަތޮޅުގައި ބޮޑު ޖަލްސާ އެއް!

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި ވަރަށް ގަދަވެ އެ އިންތިޚާބުގެ ވާދަ ވައިގައި ހިފާފައިވާއިރު ރައީސް ޔާމިންގެ ކެމްޕެއިން ޓީމުން ދަނީ އެކި ރަށް ރަށަށް ޒިޔާރަތްކޮށް ކެމްޕެއިންގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި އަންނަ ހުކުރު ދުވަހުގެ ރޭ ލ.އަތޮޅު ބޮޑު ޖަލްސާއެއް ބާއްވަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ލ.ގަމު ތުނޑީ އަވަށު ބަނދަރު ސަރަޙައްދުގައި، “މި ތިބޫ ރައީސް ޔާމީނާ އެކީ” ގެ ނަމުގައި ބާއްވާ ބޮޑު ބިޔަ ޖަލްސާއަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ވަނީ ދައުވަތު އަރުވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ރައްޔިތުންގެ މަޖްލީހުގެ މެމެބަރުންނާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ސަރުކާރާއި އަދި ޕީޕީއެމްގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Next: ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން – އަބްދުﷲ ޝާހިދު