ބާގީ 2 ޖުމްލަ 45 ގައުމެއްގައި މިއަދު ރިލީޒް ކުރާނެ

ޓައިގަރ ޝްރޮފް އަދި ދިޝާ ޕަޓާނީ އެކްޓް ކޮށްފައިވާ އެކްޝަން ފިލްމު، ބާގީ 2 އަންނަ މިއަދު 45 ގައުމެއްގައި ރިލީޒް ކުރާނެއެވެ.

މި ފިލްމު 45 ގައުމެއްގައި ރިލީޒް ކުރާނެ ކަން ހާމަކޮށްފައިވަނީ ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު އެވެ. އޭނާ ބުނެފައިވަނީ މިއަދު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފިލްމު ރިލީޒް ކުރާއިރު ހަމަ މިއަދު ދުނިޔޭގެ 45 ގައުމެއްގައި މި ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

މިއާއެކު މިކަން ވެގެންދާނީ ޓައިގަރ ޝްރޮފް އެކްޓް ކޮށްފައިވާ ފިލްމެއް މިހާ ގިނަ ގައުމުތަކުގައި ޕްރިމިއަރ ކުރާ ފުރަތަމަ ފަހަރަށެވެ.

މިއަދު  ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޕްލޮޓަކީ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ސިފައިންގެ އޮފިސަރަކު (ޓައިގަރ ޝްރޮފް) އޭނާގެ ކުރީގެ ލޯބިވެރިޔާގެ ދަރިފުޅު ކިޑްނޭޕް ކޮށްގެން އުޅޭ ބައެއްގެ ކިބައިން ސަލާމަތް ކުރުމަށް ކުރާ ހަނގުރާމައެކެވެ.

މި ފިލްމަކީ އިންޑިއާގެ ތެލުގޫ ފިލްމެއް ކަމުގައިވާ ކުޝަނަމް އަސްލަކަށް ބަލައިގެން ކުޅެފައިވާ ފިލްމެކެވެ.

Next: ކަންބޮޑުވާންޖެހޭ މިންވަރަށް މީދޫ ކަޅިބިތްފަރާތުން ރަށްގިރަމުންއެބަދޭ