ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ބޭއްވުމަށްފަހު- ހޯމް މިނިސްޓަރ

ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ބޭއްވުމަށްފަހުކަމަށާއި، އެމަނިކުފާނު ހުންނެވި މަޤާމުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ސިޔާސީ އެއްވެސް ފިޔަވަޅެއް އަޅާފައި ނޯންނާނެކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެލްޖީއޭގެ ފަރާތުން ކައުންސިލްތަކަށް ދޭ “ކަންގަތި” އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން ވަކި ސަރުކާރުތަކެއްގެ އިޙްޞާސްވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިނަމަ ލާމަރުކަޒީ ނިޒާމު ހަލާކުވެގެންދާނެ ކަމުގައެވެ.

އަދި ހުރިހާ މަގަކުން ރައްޔިތުންނަށް ތަރައްޤީއާ ތަމައްދުން ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި،ހުރިހާ މަގަކުން ރައްޔިތުންނަށް ތަރައްޤީއާ ތަމައްދުން ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާ ކަމުގައެވެ.

އެގޮތުން މި ޒިންމާގެ ތެރެއިނޖް ޙިދުމަތް ދިނުމުގެ ކުރީސަފިގައި ތިބޭ ބަޔަކީ ކައުޗިލަރުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އެއިރެއްގައި އުފެދިފައިވާ ޤާނޫނީ ސަރުކާރާ ދިމާ އިދިކޮޅު ޢަމަލުތަކެއް ކައުންސިލްތަކުން ކުރާ ކަމަށްވާ ނަމަ ލާމަރުކަޒީ ނިޒާމަށް ލޮޅުންތަކެއް އަރާނެކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

Next: ޕްރެސް ކަޓުވާލުމުން ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށްފި