ބްރެޒިލް އަތުން 3-0 އިން ރަޝިޔާ ބަލިވެއްޖެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އަންނަ ޖޫންމަހު ރަޝިޔާގައި ބާއްވާ ވޯލްކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެގޮތުން ބްރެޒިލްއާއި ރަޝިޔާ ބައްދަލުކޮށް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗްގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

ރަޝީޔާގައި މިރޭ ކުޅެވުނު މިމެޗް 3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ބްރެޒިލް .

މިމެޗްގައި ބްރެޒިލް ޓީމުން ކާމިޔާބުކުރި ތިންލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހުހާފުގައި . މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 53 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މިރަންޑާ. ބްރެޒިލްގެ ދެވަނަ ލަނޑު 61 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޫޓީނިއޯ . ބްރެޒިލްގެ 3 ވަނަ ލަނޑު 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕައުލީނިއޯ

 

Next: ފްލެޓް އެޅުމަށްޓަކައި ރަސްފަންނުގައި ހުރި ޖިމް އެހެން ތަނަކަށް ބަދަލުކުރަނީ