ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ލިންކް ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް 29، އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިން ރަޝްމު އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އާންމުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.

“ކާރުގައި ތިބި ތިން މީހުންނަށް ވެސް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،” ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި އެކްސިޑެންޓުގައި ޖެހުނު ސައިކަލާއި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ.

Next: ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ