ނޭމާއަށް ފުރިހަމަ ފޯމުގައި ވޯލްޑް ކަޕަށް ތައްޔާރުވެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ

ފްރާންސް ލީގުގައި މާސޭއާއި ޕީއެސްޖީ ބައްދަލު ކުރި މެޗުގައި ފަޔަށް ލިބުނު އަނިޔާ ރަނގަޅު ކުރުމަށް ޕީއެސްޖީގެ ތަރި ނޭމާ ސާޖަރީއެއް ހަދަން ޖެހިއްޖެވެ.

ނޭމާގެ ފައިގެ ސާޖަރީ ހަދަންޖެހޭތީ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި ރެއާލްމެޑްރިޑާއެކު ޕީއެސްޖީ  ބައްދަލުކުރާމެޗުން ނޭމާ ފެނިގެންނުދާނެކަން ވަނީ ޔަގީންވެފައެވެ. އެހެންނަމަވެސް ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އޭނާ ފިޓްވާނެ ކަމަށް ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ލަސްމާ ބުނެފި އެވެ

ނުއަތަށް ފައިލެނބި ނޭމާގެ ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ރެނދު ލުމާއިގުޅިގެން ހަދަންޖެހޭ މި ސާޖަރީއަށްފަހު ނޭމާއަށް ފުރިހަމަ ފޯމުގައި ވޯލްޑް ކަޕަށް ތައްޔާރުވެވޭނެ ކަމާމެދު ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. އާއްމު ގޮތެއްގައި މިފަދަ ސާޖަރީއެއް ހެދުމަށްފަހު  މުޅިންރަނގަޅު ވުމަށް  6-7 ހަފްތާ ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ

Next: ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ