ފުވައްމުލަކުގައި ބޭއްވި “އިމްސާ ވޮލީބޯލް ޓޯނަމަންޓް 2024” ގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ދަނޑިމަގު “ޑީއެސްއާރުސީ ރަނިންގ ” ޓީމުން ހޯދައިފިއެވެ.
ޑީއެސްއާރުސީ ރަނިންގ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި ފުނާޑު އެސްސީއާއި ބައްދަލުކޮށް ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު ތިންސެޓް އެއްސެޓުން މެޗްކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ ސެޓްތައް ގޮސްފައި ވަނީ ( 25/15، 18/23، 15/25، 08/25 ) އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑީއެސްއާރުސީ ޓީމްގެ އާމިނަތު ރަފާ އިބްރާހިމްެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ (ކްއީން އޮފް ދި ޓޯނަމަންޓް) އަށް ވެސް ހޮވިފައިވަނީ ޑީއެސްއާރުސީ ޓީމްގެ އާމިނަތު ރަފާ އިބްރާހިމްެވެ.
މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން
- އާމިނަތު ރަފާ އިބްރާހިމް – ޑީއެސްއާރުސީ
- އައިޝަތު ޒުބީނާ – ފުނާޑު
- ހައްވާ ޝައުސަން – ހޯދަނޑު
- އާމިނަތު އަޒީމާ – ފުނާޑު
- އާމިނަތު ނަބީލާ ޖަލީލު – ޑީއެސްއާރުސީ
- އާމިނަތު މައިކު އަހުމަދު – ޑީއެސްއާރުސީ
- ނަވާ އިބްރާހިމް – ފުނާޑު
- ފެއާޕްލޭ ޓީމް : ނިލަންދޫ ޔޫތު
- 21 އަހަރުންދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ – މަރިޔަމް ނާމިޒާ- ނިލަންދޫޔޫތު
- އެންމެ މޮޅު ކޯޗް – އަޒުމީ މުހައްމަދު – ޑީއެސްއާރުސީ
މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުންކަމަށް އިމްސާ އިން ބުނެފައިވެއެވެ.
މަސްދަރު: ޚަބަރާއިގުޅޭ ފޮޓޯ- އިމްސާ ފޭސްބުކް ޕޭޖުން