ކާނާ ވިހަވި ދެ ދަރިވަރުން އައިސީޔޫގައި، ދެންތިބި އެންމެން ދޫކޮށްލައިފި

ކާނާ ވިހަވަގެން އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖުގެ ދެ ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ކާނާ ވިހަވެގެން ފަރުވާދޭން ފެށި އެހެން ހުރިހާ ކުދިން މިހާރު ދޫކޮށްލާފައިވާކަމަށެވެ.

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ނުވަތަ ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ރޭ ކާނާ ވިހަވެގެން ފަރުވާދޭން ފެށިއެވެ. އޭގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ދިޔައީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ 2 ދަރިވަރަކަށް މިހާރު އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށާއި، ބާކީ ތިބި ހުރިހާ ކުދިންވެސް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ޕޮލިސް ކޮލެޖުގައި 100އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދެއެވެ

Next: މެންބަރުންނާއެކު ފުރާ ހުރިހާ އެންމެނަށް ވީއައިޕީ ޚިދުމަތް ނުލިބޭގޮތަށް ކޮމިޓީން ފާސްކޮށްފި