ބެސްޓް ފުޓްސަލް މުބާރާތް 2018- މިރޭ ކުޅެވޭ ދެމެޗަކީ ފޯރިގަދަ ވާނެ ދެމެޗް

ބެސްޓް ފުޓްސަލް މުބާރާތް 2018 ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފޯރިގަދަވާނެކަމަށް ބެލެވޭ ދެމެޗެވެ.

މިގޮތުން ގްރޫޕް އޭގެ ފަހުމެޗްގައި މިރޭ 8:30 ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް މިމުބާރާތުގެ ސެމީފައިނަލަށް ހޮވިފައިވާ ބްރަދާސް ޔުނައިޓެޑާއި ޔުނައިޓެޑް ބްރަދާސްއެވެ.

މިދެޓީމް ސެމީފައިނަލަށް ހޮވިފައިވިޔަސް މިމެޗް ފޯރިގަދަވާނެކަމަށް ބެލެވެނީ މިދެޓީމް މީގެ ކުރީން ކުޅުނު ދެމެޗުން މޮޅުވެ ކޮންމެ ޓީމަކަށްވެސް 6 ޕޮއިންޓް ލިބިފައިވާތީ މިދެޓީމް ބައްދަލުކޮށް ކުޅޭ މެޗުގެ ނަތީޖާ ނިކުންނަގޮތަކުން ގްރޫޕްގެ 1 ވަނަ ޓީމާއި ދެވަނަ ޓީމް ކަނޑައެޅޭނެތީއެވެ.

މިރޭ ގްރޫޕް ބީގެ ފަހުމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޝަންގްރިއްލާއާއި ގައުމު އެފްސީއެވެ. މިމެޗް ފޯރިގަދަ ވާނެކަމަށް ބެލެވެނީ މިމެޗުން މޮޅުވާޓީމެއް ގްރޫޕް ބީން ސެމީފަނަލަށް ހޮވި ދެރަވާ ޓީމެއް މުބާރާތުން ކަޓާނެތީއެވެ.

މިމެޗް އެއްވަރުވިޔަސް ގައުމުއެފްސީ މުބާރާތުން ކަޓާ ސެމީފައިނަލަށް ހޮވޭނީ ޝަންގްރިއްލާއެވެ. އެއީ ޝަންގްރިއްލާ ފުރަތަމަ ކުޅުނުމެޗުން އެއްވަރުވެ 1 ޕޮއިންޓް ލިބިފައިވުމުން މިމެޗް އެއްވަރުމުން ލިބޭ 1 ޕޮއިންޓާއެކު ޖުމްލަ  2 ޕޮއިންޓް އެޓީމަށް ލިބޭނެތީއެވެ. މިމެޗް އެއްވަރުމުން ގައުމު އެފްސީއަށް ދެމެޗު ކުޅެގެން ލިބޭނީ 1 ޕޮއިންޓެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި ރާއްޖޭގެ ގައުމީޓީމަށް ކުޅެ ތަޖުރިބާ ލިބިފައިވާ ހިތަދޫއާއި ފޭދޫގެ ކުޅުންތެރީން ހިމެނޭ ވަރުގަދަ ޝަންގްރިއްލާޓީމާއި ބައްދަލުކުރާ ގައުމު އެފްސީގެ ގިނަ ކުޅުންތެރީންނަކީ އެއްކޮށް ގިނަ ދުވަހު ޕްރެކްޓިސްކޮށްފައިވާ ކުޅުންތެރީންކަމަށް ވިޔަސް ޝަންގްރިއްލާ ޓީމުގެ ކުޅުންތެރީންނާއި އަޅާބަލާއިރު ގައުމު އެފްސީގައި ހިމެނޭ ކުޅުންތެރީންނަކީ ތަޖުރިބާމަދު ޒުވާން ކުޅުންތެރީންތަކެކެވެ.

Next: ޝަންގްރިއްލާ ޓީމް ސެމީފައިނަލަށް- ސެމީފައިނަލްގެ ދެމެޗްވެސް މިރޭ ކުޅެވޭނެ