ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައާ ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ

ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް  ފުލުހުން ހާމަކޮށްފއެވެ.

ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން  ހޯދަމުންދާ ހުޅުދޫ މީހަކީ ސ.ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް  އެވެ

ފުލުހުން ހާމަކޮށްފައިވާގޮތުގައި އަޙްމަދު ޔާނިސް ހޯދަމުންދަނީ، އައްޑޫސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ވައްކަމުގެ މައްސައަކާ ގުޅިގެންނެވެ

މިކަމާއި ގުޅިގެން އަޙްމަދު ޔާނިސް އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791366 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ

Next: ބެސްޓް ފުޓްސެލް މުބާރާތް 2018 – ޑީއެފްސީ ސެމީފައިނަލަށް