ފޮޓޯއިން ޚަބަރު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫސިޓީ މީދޫ ނަލަފެހިން މީދޫގައި ތައްޔާރު ކޮށްފައިވާ ޖޮގިން ޓްރެކް ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ޗޭޖިންގ ރޫމްގެ ދޮރުތައް ހަލާކު ކޮށްލާފައިވާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ތަކެކެވެ.
މިކަން ކޮށްފައިވަނީ ކޮންބައެއްކަން އެނގިފައި ނުވާއިރު ދާދިފަހުން މީދޫ ރަގަޅާ ފިނިމައިޒާން ގައި ބަހައްޓާފައިހުރި ގޮޑިތަކާއި މޭޒުތަކަށް ވެސް ބަޔަކުވަނީ ގެއްލުންދީ ހަލާކުކޮށް ލާފައެވެ.

ކައުންސިލް އިދާރާއާއި މުވައްސަސާތަކާއި އާންމު ފަރުދުން ގުޅިގެންކޮށްފައިވާ މިފަދަ މަސައްކަތްތަކަށް ގެއްލުން ދިނުމަކީ  ބަލައިގަނެވޭނެކަމެއްނޫންކަމަށް ނަލަފެހިން ވަނީ ބުނެފައެވެ

Next: ފޮޓޯއިން ޚަބަރު- ފޭދުން ދޫކުރި ގޯތިތައް ރަސްމީކޮށް ހަވާލު ކުރުން