ޑްރެސްޕްރޯ ވިމެންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް:  މީދޫޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފި

ޑްރެސްޕްރޯ ވިމެންސް އިންވިޓޭޝަނަލް ވޮލީ މުބާރާތުގައި މީދޫ ޓީމް ކުޅުނު ފުރަތަމަމެޗް މީދޫ ވޮލީ ޓީމު ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓްގައި މިމަހުގެ 25 ވަނަ ދުވަހުގެރޭ ކުޅެވުނު މިމެޗް މީދޫ ވޮލީޓީމް ކާމިޔާބުކުރީ ހިތަދޫ ޔުނައިޓެޑާ ވާދަކޮށް 3 ސެޓް 0 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓު މީދޫ ވޮލީޓީމުން ގެންދިޔައީ 25-17 އިންނެވެ. ދެވަނަ ސެޓް މީދޫ ވޮލީޓީމް ހޯދީ 25-22 އިންނެވެ. އަދި ތިންވަނަ ސެޓް މީދޫ ވޮލީޓީމް ހޯދީ 25-23 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މީދޫޓީމްގެ މަރިޔަމް ތައުމާއެވެ. މިމުބާރާތުގައި މީދޫޓީމް ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް 28 ވަނަ ދުވަހުގެރޭގައެވެ. މިމެޗްގައި މީދޫޓީމާ ބައްދަލުކުރާނީ ފޭދޫ ޑީކޭ ސްޕޯޓްސްއާއެވެ.

މީދޫޓީމާ ހިތަދޫ ޔުނައިޓެޑް ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ: މަރިޔަމް ތައުމާ

Next: ހިތަދޫ ނޫރާނީ ސްކޫލުގެ ގާލްގައިޑް އަދި ލިޓްލް މެއިޑް ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި