އައްދުއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާއަށް  އިންތިހާބުވި އަބްދުއްރަހުމާނަށް (އައްދު) އަށް ލިބުނު  ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އައްދުގެ ފަރާތުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

އައްދުއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރުމުގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހުގެރޭ މީދޫ ސަންސެޓް ރެސްޓޯރެންޓްގައި ބޭއްވުނު މިހަފްލާއަކީ މީދޫގެ ރަށްޔިތުންނަށް އައްދުގެ ފަރާތުން ބޭއްވި ހަފްލާއެކެވެ.

މިހަފްލާ ގައި މީދޫ ދާއިރާއަށް  ހޮވިވަޑައިގެންފައިވާ އައްދު ވާހަކަ ދެއްކިއެވެ. އައްދުގެ ވާހަކާގައި މީދޫގެ ރައްޔިތުން އެނިންމި ނިންމުމަކީ މީދޫގެ ތަރައްގީއަށާއި ކުރިމަގަށް ނިންމި ނިންމުމެއް ކަންފާހަގަ ކުރަށްވާފައިވެއެވެ.

އަދި އިތުރަށް އައްދުވަނީ މީދޫގެ ރައްޔިތުން އައްދުއަށް އިތުބާރުކޮށް އިންތިހާބު ކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިހަފްލާގައި އައްދުގެ ކެމްޕެއިންގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނާއި ގިނަ އަދަދެއް އާއްމު ރައްޔިތުން ބައިވެރިވިއެވެ.

advertisement

Next: ޑްރެސްޕްރޯ ވިމެންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް:  މީދޫޓީމް ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފި