މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ހޭންޑް ބޯލް މެޗްގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެކެވެ.
އިއްޔެ ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިމެޗް ފޭދޫޓީމް ކާމިޔާބުކޮށްފައިވަނީ 46 ލަނޑު 16 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.
މިހާބޮޑުތަފާތަކުން އަޅުގަޑުމެން ޓީމް ބަލިވީ އަޅުގަޑުމެންޓީމްގައި ހިމެނޭ ކުޅުންތެރީންނަކީ މުޅިން އަލަށް ހޭންޑްބޯލް ކުޅެން ފަށައިގެން އުޅޭ ކުޅުންތެރީންކަމަށްވުމުން – މިގޮތުން މިމެޗަކީ އަޅުގަޑުމެންޓީމުގެ ކުޅުންތެރީން ކުޅުނު ފުރަތަމަމެޗް – އެހެންނަމަވެސް ފޭދޫޓީމްގައި ހިމެނޭ ކުޅުންތެރީންނަކީ ވަރަށްގިނަ ދުވަހު ހޭންޑް ބޯލް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރީން – އަދި ގިނަ މެޗްތަކެއް ކުޅެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރީން
މީދޫ ޓީމްގެ އޮފިޝަލަކު ވީއޯއެމްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.