ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ: މައުމޫން

އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށް ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ، އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށެވެ.

“އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ. މާދަމާވާނީ ރަމަޟާން 30 އަށް.” ރައީސް މައުމޫން ވިދާޅުވިއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދުވާނީވެސް އެޕްރީލް 10 ވާ ބުދަ ދުވަހުގައެވެ.

advertisement

Next: މާދަމާއަކީ ރޯދަމަހުގެ ފަހު ދުވަސް، ބުދަދުވަހަކީ އީދު