ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ :  މީދޫ ދާއިރާގެ ޓިކެޓް އިޔާޒު ނަސީމަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އައްޑޫސިޓީގެ މީދޫ ދާއިރާގެ ޓިކެޓް، އިޔާޒު ނަސީމު ކާމިޔާބު ކުރައްވައިފިއެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީން މީދޫ ދާއިރާގެ ޓިކެޓް އިޔާޒު ނަސީމު ކާމިޔާބުކުރެއްވީ ޖުމްލަ 295 ވޯޓު ހޯއްދަވައިގެންނެވެ.

ޔަމްނާ ވަހީދު

އިޔާޒު ނަސީމުއާއި ވާދަކުރެއްވި އޭނާގެ ކޮއްކޮ، ޔަމްނާ ވަހީދަށް  ލިބިލެއްވީ 180 ވޯޓެވެ.

އިއްޔެ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި މާލޭގައި ބެހެއްޓުނު ވޯޓް ފޮށިން އިޔާޒު ނަސީމުއަށް ލިބިފައިވަނީ 40 ވޯޓެވެ. މިފޮށިން ޔަމްނާ ވަހީދުއަށް ލިބިލެއްވީ 36 ވޯޓެވެ.

މީދޫގައި ބެހެއްޓިފޮށިން އިޔާޒު ނަސީމުއަށް ލިބިލެއްވީ 255 ވޯޓެވެ. މިފޮށިން ޔަމްނާ ވަހީދަށް ލިބިލެއްވީ 144 ވޯޓެވެ.

advertisement
Next: ހަނި ތަފާތަކުން ރަފިއްޓޭ ބަލިކޮށް ދެކުނު ދާއިރާގެ ޓިކެޓް އައިބީއަށް