ހަނި ތަފާތަކުން ރަފިއްޓޭ ބަލިކޮށް ދެކުނު ދާއިރާގެ ޓިކެޓް އައިބީއަށް

ފޭދޫ ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް ހަނި ތަފާތަކުން އިބްރާހިމްދިދީ (އައިބީ ) ކާމިޔާބުކުރައްވައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޓިކެޓް ހަނި ތަފާތަކުން އިބްރާހިމްދިދީ (އައިބީ ) ކާމިޔާބުކުރައްވާފައިވަނީ އިއްޔެ ބޭއްވި ޕްރައިމަރީގައި 558 ވޯޓު ހޯއްދަވައިގެންނެވެ.

އައިބީއާއި ވާދަކުރެއްވި އަބްދުﷲ ރާފިއުއަށް ( ރަފިއްޓޭ ) އަށް  ލިބިލެއްވީ 508 ވޯޓެވެ.

އެންމެންގެ އައިބީގެ ނަމުން ފޭދޫގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ އިބްރާހީމް ދީދީ ވަނީ 2014 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަޔަލަށް ފޭދޫ ދާއިރާގެ ގޮޑި މަޖިލިހުގައި  ތަމްސީލްކުރައްވާފައެވެ.

އައިބީއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޢިއްޒަށް ފޭދޫއިން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއްކުރެވި، އިޚްލާސްތެރި ބޭފުޅެކެވެ.

advertisement

Next: ސައިރިކްސް ޝަރީފުގެ އަމިއްލަ ޚަރަދުގައި ހުޅުދޫގައި ހިނަވާގެއެއް އަޅަނީ