ޔޫސުފު ނާއިބު ގުރުއާން މުބާރާތް – ބަލައިގެންކިޔެވުމުގެ ގޮފިން އެއްވަނަ އާއިޝަތު ޔާމިނާ- ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ- ވާއިލް އިބްރާހިމް ރަޝީދު

މީދޫ ކައުންސިލަރު އާމިނަތު ސޯލިހާ އިންތިޒާމްކޮށްގެން މީދޫގައި ބޭއްވި ” ޔޫސުފް ނާއިބު ގުރުއާން މުބާރާތް ” ނިމި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދީފިއެވެ.

#މިމުބާރާތުގެ ސްކޫލު ކުދީންގެބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދަރިވަރަށް ހޮވުނީ ހުޅުދޫ ނިއުޔޯކް  އާއިޝަތު ޔާމިނާ މުހައްމަދުދީދީ އެވެ.  

 އާއިޝަތު ޔާމިނާ މުހައްމަދުދީދީއަށް އިނާމުގެ ގޮތުގައި  ހެޔޮ އެދޭ ފަރާތުން ހަދިޔާކޮށްފައިވާ   އޭސަރ އައި 5 ލެޕްޓޮޕް ، ހަނދާނީ ލިޔުން އަދި ޓްރޮފީ ހަވާލްކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނު އިސްލާމިކް ޔުވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އަލީ ޒާހިރެވެ.

މުޅިމުބާރާތުގެ ސްކޫލު ކުދީންގެބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދަރިވަރަށް ހޮވުނީ ހުޅުދޫ ނިއުޔޯކް  އާއިޝަތު ޔާމިނާ މުހައްމަދުދީދީ

މުޅި މުބާރާތުގެ ސްކޫލު ކުދީންގެބައިން ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ދަރިވަރަށް  ހޮވުނީ މީދޫ ހުވަދުމާވާދީ ވާއިލް އިބްރާހިމް ރަޝީދެވެ.

ވާއިލް އިބްރާހިމް ރަޝީދަށްވެސް އިނާމުގެ ގޮތުގައި ދެއްވާފައިވަނީ  ، އޭސަރ އައި 5 ލެޕްޓޮޕް ، ހަނދާނީ ލިޔުން އަދި ޓްރޮފީއެވެ. ވާއިލް އިބްރާހިމް ރަޝީދާއި އިނާމު ހަވާލްކޮށްދެއްވީވެސް މިރަސްމިއްޔާތުގެ ޝަރަފްވެރިމެހްމާނު އިސްލާމިކް ޔުވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އަލީ ޒާހިރެވެ.

# މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ދަރިވަރަށް ހޮވުނީ މީދޫ ބައިތުއްނުޖޫމް މަލިކާ ބިންތި ހަސަންއެވެ .

މަލިކާ ބިންތި ހަސަންއަށް އިނާމުގެ ގޮތުގައި ދެވިފައިވަނީ 2500    ރުފިޔާގެ ފައިސާގެ އިނާމު ، ހަނދާނީ ލިޔުން އަދި ޓްރޮފީއެވެ.

#މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނައަށް ހޮވުނީ ހުޅުދޫ ރިސިލްވާ ނަވާލް ހުސެން މުހައްމަދެވެ.

ނަވާލް ހުސެން މުހައްމަށް އިނާމުގެ ގޮތުގައި ދެވިފައިވަނީ  1500   ރުފިޔާގެ ފައިސާގެ އިނާމު ، ހަނދާނީ ލިޔުން އަދި ޓްރޮފީއެވެ.

#މުޅި މުބާރާތުގެ ސްކޫލު ކުދީންގެ  ބައިން  ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ ދަރިވަރަށްކަށް ހޮވުނީ މީދޫ ރެސިޑެންސް ޔުމްނާ ޝާޒިމެވެ.

ޔުމްނާ ޝާޒިމަށް އިނާމުގެ ގޮތުގައި ދެވިފައިވަނީ  2500  ރުފިޔާގެ ފައިސާގެ އިނާމު ، ހަނދާނީ ލިޔުން އަދި ޓްރޮފީއެވެ.

#މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން 3 ވަނަ ދަރިވަރަކަށް ހޮވިފައިވަނީ މީދޫ އާބަން ފާތުމަތު މަލްދާ ހަލީމެވެ.

މަލްދާ ހަލީމަށް އިނާމުގެ ގޮތުގައި ދެވިފައިވަނީ   1500 ރުފިޔާގެ އިތުރަށް  ހަނދާނީ ލިޔުން އަދި ޓްރޮފީއެވެ.

# މިމުބާރާތުން އާއްމުންގެ ބައިން 3 ވަނައަށް ހޮވުނީ މީދޫ ހަވީރުގޭ މަރިޔަމް ސަބީހާއެވެ.

#މިމުބާރާތުން އާއްމުންގެ ބައިން 2 ވަނައަށް ހޮވުނީ މީދޫ ލާޖްވަރުދީ އާމިނަތު ޝަރީފާއެވެ.

#މިމުބާރާތުން އާއްމުންގެ ބައިން 1 ވަނައަށް ހޮވުނީ މީދޫ ފެއާލީން ފާތުމަތު މާޔާ ޝަރީފެވެ.

މީގެ އިތުރަށް މިމުބާރާތުގެ އެކި ކެޓަގަރީތަކުން އެކިވަނަތަކަށް ހޮވުނު 50 ވުރެ ގިނަ ދަރިވަރުންނަށް ސެޓްފިކެޓާއި މެޑަލް އަދި ޓްރޮފީ އިނާމުގެ ގޮތުގައި ދެވިފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރަފްވެރި މެހްމާނު އިސްލާމިކް ޔުވަރސިޓީގެ ވައިސް ޗާންސްލަރ ޑރ. އަލީ ޒާހިރު ވިދާޅުވީ މިއީ ވަރަށް ޚިދުމަތްތެރި މަސައްކަތެއްކަމަށާ މިއީ ރަށަކަށް އަދި ބަޔަކަށް ކޮށްދެވޭނެ އެންމެ އަގުހުރިއެއް މަސައްކަތްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

” ކީރިތި ގުރުއާނަށް ލޯބި ޖެއްސުމަށްޓަކައި  ވަކިން ޚާއްސަކޮށް ކުޑަކުދީން މީގެތެރެގައި ބައިވެރިކޮށްގެން މުބާރާތެއް ހިންގުމަކީ ވަރަށް ރަގަޅު ހެޔޮކަމެއް . ގުރުއާން އެމީހެއްގެ ހަޔާތާ ގުޅުވިވަރަކަށް އެމީހެއްގެ ކާމިޔާބު އިތުރުވެގެންދާނެ ، ހާސްކަމާ ، މާޔޫސްކަން ނައްތާލުމަށްޓަކައި އެންމެ މުހިއްމު ފަރުވާއަކ|ީ ކީރިތި ގުރުއާން”

ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހްމާނު ޑރ އަލީ ޒާހިރު ބެލެނިވެރީންގެ ކިބައިން އެދިވަޑައިގަތީ ކީރިތި ގުރުއާނުގެ އިލްމު ދަރިވަރުންނަށް އުގަންނައިދިނުމަށްޓަކައި އިތުރަށް މަސައްކަތްކޮށްދިނުމަށެވެ.

” ހުރީހާ މައިންބަފައިންގެ ކިބައިން އަޅުގަޑުއެދެނީ ދަރިވަރުންނަށް ކީރިތިގުރުއާންގެ އިލްމު އުގަންނައިދިނުމަށް ވީހާވެސް ބޮޑަކަށް ހިތްވަރުދިނުމަށް ، ކީރިތިގުރުއާން ކިޔަވާ ހިތުދަސްކޮށް އެއިއްޒަތް އެކުދީނަށް ހޯދައި ދެވިއްޖެނަމަ އެއިއްޒަތުގައި ބައިވެރިވެ ޝާމިލްވާ ބައެއް މައިންބަފައިންނަކީވެސް ، ގިޔާމަތްދުވަހުން އިއްޒަތާ ޝަރަފުގެ ތާޖު މައިންބަިފައިންގެ އިސްތަށިފުޅުގައިވެސް ބެހެއްޓިގެންދާނެ”

ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ދަރިވަރަށް ހޮވުނު މީދޫ ބައިތުއްނުޖޫމް މަލިކާ ބިންތި ހަސަން

މުޅި މުބާރާތުގެ ސްކޫލު ކުދީންގެ  ބައިން  ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ ދަރިވަރަށްކަށް ހޮވުނު މީދޫ ރެސިޑެންސް ޔުމްނާ ޝާޒިމް.

މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން 3 ވަނަ ދަރިވަރަކަށް ހޮވުނު މީދޫ އާބަން ފާތުމަތު މަލްދާ ހަލީމު

މުޅި މުބާރާތުގެ ސްކޫލު ކުދީންގެ ބައިން  ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނައަށް ހޮވުނު ހުޅުދޫ ރިސިލްވާ ނަވާލް ހުސެން މުހައްމަދު

މިމުބާރާތުން އާއްމުންގެ ބައިން 1 ވަނައަށް ހޮވުނު މީދޫ ފެއާލީން ފާތުމަތު މާޔާ ޝަރީފު

މިމުބާރާތުން އާއްމުންގެ ބައިން 2 ވަނައަށް ހޮވުނު މީދޫ ލާޖްވަރުދީ އާމިނަތު ޝަރީފާ

މިމުބާރާތުން އާއްމުންގެ ބައިން 3 ވަނައަށް ހޮވުނު މީދޫ ހަވީރުގޭ މަރިޔަމް ސަބީހާ

Next: ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި