ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހުޅުދޫގައި އިމާރާތްކުރާ މިމިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލްކޮށްފައިވަނީ ” އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

 500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ” އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވެފައިވަނީ 17,488,559.49  ( ސަތާރަ މިލިއަން ހަތަރުލައްކަ އައްޑިހަ އައްހާސް ފައްސަތޭކަ ފަންސާސް ނުވަ ރުފިޔާ ސާޅީސް ނުވަ ލާރި) އެވެ.

365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫ ޕަބްލިކްވޯކްސް ސައިޓް މިހާރު ހިންގަމުންދާ ގޯތިތެރޭގައެވެ

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް ބިނާކުރެވޭ މިސްކިތެކެވެ
ހުޅުދޫގައި މިވަގުތު ބޭނުންކުރަމުންދަނީ ހުކުރު ކުރާ 2 މިސްކިތާއި ނަމާދުކުރާ 6 މިސްކިތެކެވެ.

advertisement

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތްވަނީ ފަށާފައ

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތްވަނީ ފަށާފައ

ހުޅުދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތްވަނީ ފަށާފައ

Next: ވޯޓު ދޭނެ މީހާ ކަނޑައެޅުމުގައި ޒިންމާދާރުކޮށް ވިސްނަން ޖެހޭ – ސަބްރީ