އާބަންކޯގެ ސީއޯއޯއަކަށް އަހުމަދު އިބްރާހިމް

އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފިއެވެ.

އާބަންކޯގެ ސީއޯއޯ އަކަށް އަހުމަދު ހަމަޖެއްސުމަށް އެ ކުންފުނީގެ ބޯޑުން ނިންމީ އިއްޔެ އެވެ.

އަހުމަދު އިބްރާހީމަކީ ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.

އޭނާ މީގެ ކުރިން މަސައްކަތް ކޮށްފައި ވަނީ ޝަރުއީ ދާއިރާގައެވެ. އޭނާ ވަނީ އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.

މީގެ ކުރިން ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމުގައި ހުއްޓައި 2021 ވަނަ އަހަރު އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކުގެ އިސްވެރިން ހަމަޖައްސަވަމުން ދާ އިރު، އާބަންކޯގެ އެމްޑީއަކަށް، ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވަނީ ހަމަޖައްސަވާފައެވެ.

advertisement
Next: ރައީސް މުއިއްޒު، ކުރީގެ ރައީސް ވަހީދުއާ ބައްދަލުކުރައްވައިފި