ހެލްތު މިނިސްޓަރ ހުޅުމީދޫއަށް ޒިޔާރަތް ކުރައްވައިފި

ހެލްތު މިނިސްޓަރު   އަބްދުﷲ ޚަލީލު ހުޅުމީދޫއަށް ޒިޔާރަތް ކުރައްވައިފި އެވެ. ހެލްތު މިނިސްޓަރު ހުޅުމީދޫއަށް ވަޑައިގެންނެވުމުން މެދު ބަނދަރު މަރުހަބާ ދެންނެވީ މީދޫ ކައުންސިލަރު ސޯލިހާގެ އިތުރަށް ހުޅުމީދޫ މުވައްސަސާތަކުގެ އިސްވެރީންނާއި ޕީއެންސީއާއި ޕީޕީއެމްގެ ސަޕޯޓަރުންނެވެ.

ހެލްތު މިނިސްޓަރުގެ  މި ދަތުރުގެ މައިގަނޑު މަގުސަދަކީ އަތޮޅުގެ ސިއްހީހާލަތު ދެނެގަނެ ރަށްޔިތުންނާއި މުއައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

“ހެލްތު މިނިސްޓަރުގެ މިދަތުރަކީ އަތޮޅުގެ ހުރިހާ ރަށްތަކަކަށް ކުރާ ދަތުރެއް. ދަތުރުގެ މަގުސަދަކީ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރުމާއި ރަށްޔިތުންނާއި ބައްދަލުކޮށް އެފަރާތްތަކަށް ދިމާވެފައިވާ ދަތިތަށް އޮޅުން ފިލުވުން ”  މިނިސްޓަރުގެ ދަތުރުފުޅާއިބެހޭގޮތުން މީދޫ ކައުންސިލަރު ސޯލިހާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ހުޅުމީދޫއަށް  ކުރެއްވި މި ޒިޔާރަތުގައި ހުޅުމީދޫސިއްހީ މަރުކަޒަށް ޒިޔާރަތް ކޮށްފައިވެެއެވެ.

މީގެ އިތުރަށް މިނިސްޓަރުގެ މިދަތުރުފުޅުގައި ހުޅުދޫއާއި މީދޫގެ ޕީއެންސީއާއި ޕީޕީއެމްގެ ޓީމްތަކާއި ބައްދަލުކޮށް މަޝްވަރާކުރެކުރެއްވިއެވެ.

މިނިސްޓަރުގެ މިދަތުފުޅުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހުއާއި އެމްޓީޑީސީގެ  އެމްޑީ ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

advertisement
Next: މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި