ސްޓެލްކޯގެ އެމްޑީއަކަށް ހުސައިން ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް ހުސައިން ފަހުމީ އައްޔަން ކުރައްވައިފިއެވެ.

ފަހުމީ އެކްސްގައިކޮށްފައިވާ ޕޯސްޓެއްގައި  ބުނެފައިވަނީ، ސްޓެލްކޯގެ އެމްޑީގެ މަގާމަށް އޭނާ އައްޔަންކުރެއްވުމާ ގުޅިގެން އެ މަގާމުގެ މަސައްކަތް  އެންމެ ފުރިހަމައަށް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސްޓެލްކޯގައި ފަހުމީ ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު ކުންފުނީގެ އެކި މަގާމުތައް ފަހުމީވަނީ ފުރުއްވައިފައިވެއެވެ.

ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގެންނެވީ 1988ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހެވެ.

ފަހުމީ މިހާރު އެ ކުންފުނީގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން އަންނަތާ 25 އަހަރާއި ނުވަ މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.

advertisement
Next: ޕީއެންސީގެ ލީޑާޝިޕްގެ ޓީމެއް ހުޅުމީދޫއަށް