ޕީއެންސީގެ ލީޑާޝިޕްގެ ޓީމެއް ހުޅުމީދޫއަށް

ޕީއެންސީގެ ލީޑަރ ޝިޕްގައި ހިމެނޭ ބޭފުޅުންގެ ޓީމެއް މިއަދު ހުޅުމީދުއަށް ޒިޔާރަތްކޮށްފިއެވެ.

ހުޅުމީދުއަށް މިއަދު ވަޑައިގެންނެވި ޕީއެންސީގެ ޓީމްގައި  އިސްކޮށް ހިމެނިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ ފޯރ ހޯމްލޭންޑް ސެކިއިރިޓީ އެންޑް ޓެކޮނޮލޮޖީ އަލީ އިހުސާން، ރައީސް އޮފީހުގެ މިނިސްޓަރ އާދަމް ރަމީޒް، ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ ނާސިރުގެ އިތުރުން ސަރުކާގެ ބައެއް މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުން ވަނީ ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ޓީމުގެ ހުޅުމީދުއަށް  ކުރެއްވި މިދަތުރުގައި ކުރިއަށް އޮތް ރަށްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ  ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރެއްވުމުގެ އިތުރަށް ޕާޓީގެ ހަރަކާތްތައް އިތުރުކޮށް، ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވުނުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީއެންސީގެ ބޭފުޅުން ހުޅުމީދުއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް މަޖިލިސްގެ ހުޅުދޫދާއިރާގެ ކުރީގެ މެމްބަރު ޝާހިދުއާއި މީދޫ ކައުންސިލަރު ސޯލިހާގެއިތުރަށް  ޕީއެންސީއާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ   ހުޅުދޫއާއި މީދޫގެ ގިނަ ބަޔަކު މެދުބަނދަރަށް ހާޒިރުވެފައިވެއެވެ.

advertisement
Next: މީދޫ ގެއެއްގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައިފި