ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީގެ މަސައްކަތް ކުރިއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް ޔާމީންގެ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދުއާ ހަވާލާދީ ޗެނަލް 13 އިން ވަނީ އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމަށް ނިންމަވައި އައު ސިޔާސީ ޕާޓީ އެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަން ހާމަކޮށްފައެވެ.

ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީގެ މަސައްކަތާ ގުޅޭ ގޮތުން ޑރ މުހައްމަދު މަލީހް ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ޕާޓީގެ ނަން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި ޕާޓީގެ ލޯގޯ ޑިޒައިން ކުރުމާއި، އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، މަސައްކަތް ކުރަމުންދަނީ ހުކުރު ނަމާދުގެ ކުރިން އެމަސައްކަތްތައް ނިންމުމަށް ކަމަށްވެސް މަލީހް ވިދާޅުވިއެވެ

advertisement
Next: ޕީޕީއެމުން ވަކިކުރަން ނިންމި ނިންމުން ބަލައެއް ނުގަންނަން: މަލީހް