ކުރީގެ ރައީސް ޔާމީނު ފަޅީގައި ހުންނެވި މުހައްމަދު މަލީހް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިކުރުމަށް ނިންމި ނިންމުން ބަލައި ނުގަންނަކަމަށް މަލީހް ވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް ނާންގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައިގައި ޕީޕީއެމްގެ ސްލޫކީ ކޮމިޓީން ވަނީ ރޭގެ ވަގުތެއްގައި މަލީހް އެ ޕާޓީން ވަކިކޮށްފައެވެ.
މި މައްސަލާއާއި ގުޅިގެން މަލީހް ވިދާޅުވީ، ޕީޕީއެމުން އޭނާ ވަކިކުރުމަށް ނިންމި ނިންމުން ބަލައި ނުގަންނަކަމަށާއި، ފުރަތަމަ އޭނާ ޕާޓީން ވަކިކުރަން ނިންމި ސްލޫކީ ކޮމިޓީގެ މައްސަލަ ބަލަންޖެހޭކަމަށެވެ.
މަލީހް ވިދާޅުވީ އޭނާޣެ މައްސަލަ ޕީޕީއެމްގެ ސްލޫކީ ކޮމިޓީން ބަލާފައިވަނީ އުސޫލްތަކާއި ހިލާފަށް ކަމަށެވެ. މިގޮތުން އޭނާ ވިދާޅުވީ، ލީކުވެގެން އުޅޭ ސިޓީއަކީ ޕީޕީއެމްގެ ކުރީގެ އެސްޖީ ތޮލާލު މަޤާމުން ވަކިވި ފަހުން ޕާޓީގެ ލެޓާރހެޑްގެ ނަާޖާއިޒު ބޭނުންހިފާ ސްޓޭމްޕު ނުކޮށް އާންމުކޮށްފައިވާ ފޭކު ސިޓީއެއް ކަމަށެވެ.
އެފަދައެސިޓީގެ މައްޗަށް ސުލޫކީ ކޮމިޓީ ބޭއްވުމަކީ ޕާޓީގެ އަސާސީ ޤަވާއިދު ތަންދޭ ކަމެއް ނޫން”
މަލީހު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އެކްސްގައި މަލީހް ވިދާޅުވެފައިވަނީ ޕާޓީގެ އިޖުރާތުކަކާއި ޚިލާފަށް މިކަންކުރި ފަރާތް ތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ސުލޫކީ ކޮމިޓީ ވަނީ ޕާޓީގެ އަސާސީ ޤަވާޢިދު މުގުރާލާފައި ކަަމަށެވެ.
“ސްލޫކީ ބޭފުޅުން ޕާޓީގެ އޮފީހަށް ހާޒިރު ނުވޭ. ސިޓީ ސޮއެ ކުރި 2 ނައިބުން އޮފީހަށް ހާޒިރު ނުވޭ. މިއީ ހިންގި ޖަރީމާއެއް. ބަލާ ފިޔަވަޅު އަޅަންޖެހޭ”
މަލީހު ވިދާޅުވިއެވެ.
މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަނަކު އަތްދަށުވިއަސް ޓިނުގަނޑެއްގެ ދަށުނުވާން ވިދާޅުވެފައެވެ. ޕީޕީއެމުން ވަކިކުރި މައްސަލައިގައި މަލީހް އެކްސްގައި އެންމެފަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ޕީޕީއެމްޕީއެންސީގެ އެންމެ ފަހުގެ ކައުންސިލް ބައްދަލުވުމަކީ ޢައިރު ޤާނޫނީ ބަޢާވާތެއްގެ ހުރިހާ ސިފައެއް އެކުލެވޭ ބައްދަލު ވުމެއްކަން މިހާރު ސާފުވާކަމަށެވެ. މިކަމުގައި ރޭވިގެން އަބްދުލްރަހީމް (އަދުރޭ) ގެ ނުފޫޒު އޮތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން މަލީހް ވަނީ އަދުރޭއާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.