ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑަގަތުމަށް ނިންމަވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފި އެވެ.

ރައީސް ޔާމީންގެ ވަކީލް ޑރ. ޖަމީލް އާ ހަވާލާދީ ޗެނަލް13 އިން ރިޕޯޓްކޮށްފައިވާގޮތުގައި، ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ދުރަށް ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވާފައެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރިޔާސީ އިންތިހާބަށްފަހު ޕާޓީގެ ލީޑަރޝިޕްގެ ވިސްނުން އެމަނިކުފާނުގެ ވިސްނުމާ ތަފާތު ކަމަށާއި، އެ ބޭފުޅުން ރައީސް ޔާމީންއާ ދުރަށް ވަޑައިގެންފައިވާ ކަމަށެވެ.

“އެހެން ކަމުން އެމަނިކުފާނު ޕީޕީއެމުން އިސްތިޢުފާ ދެއްވައިފި. އަދި އެމަނިކުފާނުގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.” –

ޖަމީލް ވިދާޅުވި އެވެ.

advertisement
Next: ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީގެ މަސައްކަތް ކުރިއަށް