މުއިއްޒު ހުވާކުރާ ރަސްމިއްޔާތު އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހުން އަޑު އެހޭނެ

މިއަދު ހަވީރު ރާއްޖޭގެ ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތު ދުނިޔޭގެ 3 ބަހަކުން އަޑު އެހޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިއަދުގެ ރަސްމިއްޔާތު އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު “ޚަބަރު އޮންލައިން”އަށް މައުލޫމާތު ދިން ގޮތުގައި ޑރ. މުއިއްޒު ހުވާކުރާ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖްގެ ތަރުޖަމާ އަރަބި، އިނގިރޭސި އަދި މެންޑަރިން ބަހުން އަޑުއެހުމުގެ އިންތިޒާމްތައް މިހާރުވަނީ ހަމަޖައްސާފައެވެ.

ރަސްމިއްޔާތުގެ ތަރުޖަމާ ގެނެސްދެވޭ 3 ބަހުގެ ތެރެއިން މެންޑްރިން ބަހަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގަ އެންމެ ގިނަމީހުން ވާހަކަދައްކާ ބަހުރުވައެވެ.

ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމާއި ޑރ. މުއިއްޒު ހަވާލުވެވަޑައިގަންނަވާނީ މިއަދު ހަވީރު 4:45 ގައި ޖުމުހޫރީ މައިދާނުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Next: މާލޭގެ މޭޔަރުގެ މަގާމުން ޑރ.މުއިއްޒު އިސްތިއުފާދެއްވައިފި