ބޯންމައުތު އިން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުން ބޯންމައުތު އިން ޗެލްސީ ބަލިކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ރޭ ބޯންމައުތުއާ ދެކޮޅަށް ޗެލްސީ ކުޅުނު މިމެޗުން ޗެލްސީ ބަލިވީ 3 ލަނޑު 0 ލަނޑުގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ތާވަލުގެ 3 ވަނާގައި ކުރީންއޮތް ޗެލްސީ މިހާރުވަނީ ޓޭބަލްގެ 4 ވަނައަށް ވެއްޓިފައެވެ

ޅުނު މިމެޗުގެ  ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗްގެ 51 ވަނަ މިނިޓްގައި ބޯންމައުތުގެ ފުރަތަމަ ލަނޑު  ކާމިޔާބުކޮށްފައިވެއެވެ. އެޓީމުގެ ދެވަނަ ލަނޑު 64 ވަނަ މިނިޓްގައި ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗްގެ 67  ވަނަ މިނިޓްގައެވެ.

Next: ކުޑަކާއްޓޭ، ބަޓިޝް، ޝާއިން ނުލާ ޤައުމީ ވޮލީ ސްކޮޑް 19 އަށް މަދުކޮށްފި