މަރަދޫފޭދޫގައި އިންޑޯ ވޮލީ ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

މަރަދޫފޭދޫގައި އިންޑޯ ވޮލީ ބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ

މިދިޔަ އަންގާރަ ދުވަހު މިމަސައްކަތް ހަވާލުކޮށްފައިވަނީ ސާރީއާ އިންވެސްޓްމެންޓާއިއެެވެ.

މި މަސައްކަތް ސާރީއާ އިންވެސްޓްމެންޓާއި ހަވާލުކޮށްދެއްވީ އައްޑޫސިޓީ މޭޔަރ އަލީ ނިޒާރުއެވެ. މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކޮށްފައިވާ މަސައްކަތެވެ. އެހެންކަމުން މިތަނުގައި އާންމު ގޮތެއްގައި މިފަދަ ކުޅިވަރު ކޮމްޕްލެކްސްއެއްގައި ހުންނާނެ ގިނަ ވަސީލަތްތައް ހުންނާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިއިމާރާތުގެ މަސައްކަތް ފަށާތާ 190 ދުވަހުގެ ތެރޭގައި ނިންމުމަށް ސާރީއާ އިންވެސްޓްމެންޓާއި ހަވާލުކޮށްފައިވަނީ 3،873،894.32ރ. އަށެވެ.

ވޮލީއަކީ މީގެ ކުރީން އައްޑޫސިޓީގައި ވަރަށް ފޯރިގަދަކޮށް ކުޅެމުން ގޮސްފައިވާ ކުޅިވަރެކެވެ.

މިގޮތުން ރާއްޖޭގެ މަޝްހޫރު ވޮލީ ކުޅުންތެރީންގެތެރޭގައި ހިމެނިގެން ފޭދޫއާއި މީދޫ އަދި ހިތަދޫގެ ކުޅުންތެރީން ތަފާތު ކްލަބް ތަކުގެ ޓީމުތަކުން ފެނިގެންގޮސްފައިވެއެވެ.

Next: ރާއްޖޭގެ މިނިވަންކަން ނަގާލަން ފަހުގެ ތާރީޚެއްގައި ދެވުނު އެންމެ ނުރައްކާތެރި ޙަމަލާ