ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މައްސަލަ އަނެއްކާވެސް ރައްތިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

ނަަޝީދުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެ ޕާލަމްނެޓްރީ ގުރޫޕުން ފާސްކޮށްފައިވަނީ އިއްޔެއެވެ. އިތުބާރު ނެތްކަމުގެ ފާސްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިއްތިފާގުންނެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކުއެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

އެހެންވެ، ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ގަރާރުގައިވެއެވެ. މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ މައްސަލަތައް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ތާޢިދުކޮށްފައެއް ނުވެއެވެ.

advertisement

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުންވެސް އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއެކު އެޕާޓިން ބޭއްވި ޤައުމީ  މަޖިލީހުގެ ޖަލްސާގައިވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަލުން ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ، ރައިސް ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ ބޭނުމަކީ، މަޖިލީހުގެ އަޣްލަބިއްޔަތު އެމްޑީޕީއަށްއޮވެ، މަޖިލީހުގެ ރައީސަކަށް ހުންނަވަންޖެހޭނީ އެޕާޓިގެ ބޭފުޅެއްކަމަށްވާތީކަމަށެވެ. އެ މަޤާމަކީ އެޕާޓީއަށް މުހިންމު މަޤާމެއްކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީގެ 55 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެ މައްސަލަ މަޖިލިހުން ފާސް ކުރަން 45 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.


advertisement
Next: ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: މަޖިލިސް