މަޖިލިސް ރައީސް ނަޝީދު އިންތިޚާބީ ރައީސް ޑރ. މުއިއްޒާއި ބައްދަލު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތް މިބައްދަލުވުމުގައި ޑރ. މުއިއްޒު މަޖިލީހަށް ވަޑައިގެންނެވުމުން މަޖިލިސް ރައީސާއި، ނައިބް ރައީސް އީވާއާއި، މަޖިލީހުގެ މެމްބަރުން ވަނީ ޑރ. މުއިއްޒަށް މަރުޚަޞާ ދަންނަވާފައެވެ. ދެބޭފުޅުންގެ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ އިދާރާގައެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު ރޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދަށް ނިން ބޮމުގެ ހަމަލާގެ ތަހުގީގް އަވަސްކޮށް އިންސާފު ހޯއްދަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭން ދަތުރުތަކުގައި ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކީ އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ފާހަގަ ކުރެއްވި ކަމަށެވެ.

އެއިންސާފު ހޯދައި ދިނުމުގެ ދަތުރުގެ ތެރެއިން ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމުގެ ތެރެއިން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ މި ސަރުކާރުން ނުބަލާ ކަމަށާއި އެމަނިކުފާނަށް އިންސާފުވެސް ހޯއްދަވައި ދެއްވާފައި ނުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ %54.04 ވޯޓުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

advertisement

Next: އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ނަޝީދު