އައްޑޫން ހިއްކި ރަށްތަަކަށް ނަންތައް ދީފި

ޓޫރިޒަމްގެ ބޭނުމަށް އައްޑޫ އަތޮޅުން ހިއްކާފައިވާ ރަށްތަކަށް ކިޔާނެ ނަންތައް އައްޑޫސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އައްޑޫ އަތޮޅުގައި ޓޫރިޒަމްގެ ބޭނުމަށް 3 ރަށެއް ހިއްކާފައިވާއިރު، އެ ރަށްތަކަށް ކިޔާނެ ނަންތައް ފާސްކޮށްފައިވަނީ އާއްމުންގެ ހިޔާލު ހޯދުމަށްފަހު ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫއިން ހިއްކިރަށްތަކުގެ ދޮންދީދީހެރަ

ހިތަދޫ އުތުރު ފަޅުން ހިއްކި ރަށަށް ދީފައިވާ ނަމަކީ ދޮންދީނިހެރަ އެވެ. ހިތަދޫން ހިއްކި އަނެއް ރަށަށް ކިޔަމީ ބޮލިހެރަ އެވެ. މީދޫ ފަޅުތެރެއިން ހިއްކި ރަށަށް ކިޔަނީ ދޮންހެރަ އެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ރަށްތަކަށް ކިޔާނެ ނަންތައް ހޯދުމަށް އާއްމުންގެ ހިޔާލަށް ހުޅުވާލުމުން 60 އަށްވުރެ ގިނަ ނަންތައް އެރަށްތަކަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ރަށްތަކަށް އަވަހަށް ނަންތައް ދީފައިވަނީ އެރަށްތައް ވީހާވެސް އަވަހަކަށް ޓޫރިޒަމަށް ހުޅުވާލުމުގެ ބޭނުމުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ


advertisement
Next: ހަންކެޑެ ބްރިޖް