ހަންކެޑެ ބްރިޖް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫ ހަންކެޑައިގައި މިހާރު އަޅަމުން އަންނަ އާ ބްރިޖެވެ.  މިބްރިޖްގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރަށް ނިންމައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެތަން ބޭނުން ކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ޑިސެމްބަރަށް ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް ނިންމައިލެވޭނެ ކަމަށެވެ.

ހަންކެޑް ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިންނެވެ. އެ މަސައްކަތް އެ ކުންފުނިން ފެށީ 2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ހަންކެޑެ އާއި ގައުކެނޑިއާ ދެމެދު ލިންކް ރޯޑް ތެރެއިން މިހާރު އޮތް ބްރިޖްގެ ބަދަލުގައި ރަށުގެ ފުއްޓަރާވީ ފަޅިން އާ ބްރިޖެއް އަޅަން ނިންމީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރަން ނިންމުމާ ގުޅިގެންނެވެ. އެހެންވެ މިހާރު ބޭނުންކުރަމުން އަންނަ ބްރިޖްގެ ބަދަލުގައި ބޭނުންކުރަން ހަދާ ބްރިޖަކީ ހަތަރު ލޭން އެކުލެވޭ ގޮތަށް ހަދާ 1.4 ކިލޯމީޓަރުގެ ބްރިޖެކެވެ.

މި ބްރިޖް ނިމޭ އިރު، ބްރިޖްގެ އެއްކޮޅު އޮންނާނީ މަރަދޫ ބޮޑުމަގުގެ ކޮޅުން ގުޅާލެވިފަ އެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިމަށް ތަރައްގީކުރަން ނިންމާފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެމްސީ) ގެ ދަށުންނެވެ. އަދި އެ ޕްރޮޖެކްޓް މިދިޔަ މާޗް މަހުގެ 5 ގައި ވަނީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފަ އެވެ. ހަންކެޑެ ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހަންކެޑައިގައި ޖުމްލަ 1،041 ކޮޓަރި ތަރައްގީކުރާނެ އެވެ.

އެގޮތުން ހަންކެޑެ އަޡް ބިން އިތުތުކުރަން ރަށުގެ ދެކުނު ފަރާތުން ވަނީ ބިން ވެސް ހިއްކައި، ރަށުގެ ބިމުގެ ޖާގަ އިތުރުކޮށްފަ އެވެ.

ހަންކެޑެ ބްރިޖްގެ މަސައްކަތް- ފޮޓޯ : ހަސަން ނާސިރު-މަރަދޫ

Next: ފޮޓޯއިން ޚަބަރު : މިމަގުގެ ވާހަކަ ދައްކަންޖެހޭ