ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ ސަރުކާރުގައި މައިގަނޑު ގޮތެއްގައި ކުރަންޖެހުނު މަސައްކަތަކީ އެހެންބަޔަކު ހާވާފައިހުރި ހަޑި ސާފުކޮށް ރާއްޖެ 21 ވަނަ ގަރުނަށް ގެންދިޔުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ
އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު “އިގްތިސޯދީ ބޮޑު ބަދަލު” ލޯންޗުކުރުމަށް ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒް ވިދާޅުވީ، ވާދަވެރި ފަރާތްތަކުން މިހާރު ދައްކަނީ 2026 ވަނަ އަހަރު ރާއްޖެ ދަރާނެ ވާހަކަކަމަށެވެ.
އެހެންނަމަވެސް ފައްޔާޒް ވިދާޅުވީ މި ވޭތުވެދިޔަ 5 އަހަރެއްހާދުވަހުގެ ތެރޭގައި މި ސަރުކާރުން ދަނީ ހުރިހާ ދާއިރާއަކަށް އިންވެސްޓިކޮށް، އެ ދާއިރާތައް ކުރިއަރުވަމުންކަމަށެވެ. އެހެންކަމުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދެންވެސް މި ޤައުމު އާ ހަރުފަތަކަށް ގެންދެވޭނެފަދަ ޤާބިލްކަން ހުރީ ރައީސް ސޯލިހްގެ ކިބައިގައި ކަމަށެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ކޮވިޑް-19އިގެ ދަތި އުނދަގޫ ހަލަތާއިއެކު ވެސް ރާއްޖޭގެ އިގްތިސޯދު މިހާރު މިވަނީ ކުރިއަށްވުރެ ވަރުގަދަވެފައި ކަމަށެވެ.
މަސްދަރު: ޖަޒިރާ