އަސްލަމުއަށް ހުޅުމީދުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް އަސްލަމް ހުޅުމީދުއަށް  ވަޑައިގަތުމުން އެމަނިކުފާނަށް މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހުޅުމީދޫއަށް އަސްލަމް ވަޑައިގެންނެވީ މިއަދު ހެނދުނު 8:45 ހާއިރުއެވެ.  އޭރު، އެމްޑީޕީ ގިނަ އަދަދެއްގެ ސަޕޯޓަރުން މެދު ބަނދަރުގައި ދިގު ސަފެއް ހަދާލާފައި އޮތެވެ.

އަސްލަމްއަށް މަރުހަބާ ދެންނެވުމަށް ހާޒިރުވެ ތިއްބެވި މީހުންނާ ސަލާމް ކުރެއްވުމުގެ އިތުރަށް ބައެއް މީހުންނާ އެކީގައި ފޮޓޯ އާއި ސެލްފީ ވެސް ނަންގަވާފައިވެއެވެ.

 އަސްލަމު ހުޅުމީދޫއަށް ވަޑައިގެންނެވިއިރު އަސްލަމުގެ އަރިހުގައި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި ރަށްޔިތުންގެ މަޖިލިހުގެ އައްޑޫސިޓީއަށް ނިސްބަތްވާ  ބައެއް މެމްބަރުންވެސް ވަޑައިގެންނެވިއެވެ.  

އަސްލަމް ހުޅުމީދުއަށް ވަޑައިގެންނެވުމުން “ރައީސް އިބޫ، އެއް ބުރުން”، “ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް”، “މިފަހަރު ވެސް ހޮވާނީ އިބޫ،” ފަދަ އެތައް ޝުއޫރުތަކެއް އެމްޑީޕީ، ސަޕޯޓަރުން ގޮވަމުން ދިޔައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ހޯއްދަވަން  އަސްލަމް މިއަދު ހުޅުދޫއާއި މީދޫގައި ދޮރުދޮރަށް ހިންގަވާނެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޙަރަކާތްތައް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ ރަނިންގ މޭޓް މުޙައްމަދު އަސްލަމް އަދި ޕާޓީގެ ކެމްޕެއިން ޓީމްތައް ހިމެނޭހެން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

2023-8-24- ހުޅުމީދޫ – ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގ މޭޓް އަސްލަމް ހުޅުމީދުއަށް  ވަޑައިގަތުމުން އެމަނިކުފާނަށް މިއަދު ހޫނު މަރުހަބާއެއް ދަންނަވައިފި

advertisement

Next: މި 5 އަހަރު ޖެހުނީ އެހެން ބަޔަކު ހޭވި ހަޑި ސާފުކުރަން: ފައްޔާޒް