ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގެނީ އަޅުގަނޑުމެންނަށް: ރައީސް

ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭ ކޯލިޝަނަކީ އެމްޑީޕީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީ ގުޅިގެން އެކުލަވާލައިފައިވާ ކޯލިޝަންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާާސީ ކެމްޕޭނަށް ނ.ކުޑަފަރީއަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ޚިދުމަތްތައް ފުރިހަމަކޮށްދެވޭނީި މި ސަރުކާރަށް ކަމަށެވެ. އަދި ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އަދި ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ލީޑާޝިޕް އޮތީ އެމްޑީޕީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީ ގުޅިގެން އެކުލަވާލައިފައިވާ ކޯލިޝަންގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭނެ ކޯލިޝަނަކީ މީ“

ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކޯލިޝަންގެ ލީޑަރުންގެ އަމިއްލަ އެދުމެއް ވެސް ނެތް ކަމަށާއި ހަމައެކަނި އޮތީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ.

advertisement

Next: ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސް ޞާލިޙް ވޯޓު ހޯއްދަވާނެ: ސިޔާމް