ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސް ޞާލިޙް ވޯޓު ހޯއްދަވާނެ: ސިޔާމް

ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ވޯޓުލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާާމް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް މިހާރު ގެންދަވަނީ ނ.އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މި ދަތުރުފުޅުގައި ސިޔާމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ސިޔާމް ވިދާޅުވީ ނޫނު އަތޮޅުގެ ދަރިންނަކީ އަބަދުވެސް ތައުލީމާ ތަރައްގީއަށް މަސައްކަތްކުރާ ހީވާގި ބައެއް ކަމަށާއި ރައީސް އަރިހުގައި ނޫނު އަތޮޅަށް ކުރައްވާ ދަތުރު މި ފެންނަނީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ

”އަޅުގަނޑަށް ޔަގީން ނޫނު އަތޮޅުން ރެކޯޑް މިންވަރަށް ރައީސްއަށް ވޯޓުލިބިވަޑައިގެން އެއްބުރުން މިކަން ކާމިޔާބުވާނެކަން.“

ސިޔާމް ވިދާޅުވިއެވެ.

ނ.ކުޑަފަރީއަށް ވަޑައިގެން ރަައީސް ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ އެ އަތޮޅުންކަމަށް ވިދާޅުވެފައެވެ.

advertisement
Next: “ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް” ފޮތް ރައީސްގެ އަނބިކަބަލުން ނެރެދެއްވައިފި