ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދޭނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރުވަން އިސްކަންދެއްވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިލްޔާސް ވަނީ އެ ޕާޓީގެ ވެރިކަމެއްގައި ފުވައްމުލަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުރިއަށްގެންދާނެ މަސައްކަތްތައް ހާމަކޮށްދެއްވާފައެވެ. އެގޮތުން ޑައިވިންގ ހަރަކާތްތައް ކުރިއެރުވުމާއި، ޓޫރިޒަމް ފެސިލިޓީތަކާއި ބަނދަރު ތަރައްޤީކުރައްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ. މީގެއިތުރުން ފުވައްމުލައް ސިޓީ ބައިނަލްއަޤްވާމީ މާކެޓަށް އިޝްތިހާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ކުރިއަށްގެންދާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ އުމްރާން ތަރައްޤީއަށް ކުރައްވާނެ އެހެން ބައެއް ކަންކަންވެސް ވަނީ އިއުލާންކުރައްވާފައެވެ،

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވެވަޑައިގަންނަަވައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
Next: ރިޔާސީ އިންތިޚާބު 2023: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި