ރިޔާސީ އިންތިޚާބު 2023: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވިގެން ގޮސްފައެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ.

ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް

  1. ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ ގޮތުން)
  2. ކެންޑިޑޭޓް ނަންބަރު 2: ހަސަން ޒަމީލް (އަމިއްލަ ގޮތުން)
  3. ކެންޑިޑޭޓް ނަންބަރު 3: އިބްރާހިމް މުހައްމަދު ސޯލިހު (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ)
  4. ކެންޑިޑޭޓް ނަންބަރު 4: ޑރ. މުހައްމަދު މުއިއްޒު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)
  5. ކެންޑިޑޭޓް ނަންބަރު 5: ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
  6. ކެންޑިޑޭޓް ނަންބަރު 6: އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
  7. ކެންޑިޑޭޓް ނަންބަރު 7: އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
  8. ކެންޑިޑޭޓް ނަންބަރު 8: މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މިއިންތިހާބުގައި ވޯޓުލުމަށް 600 އަށްވުރެ ގިނަ ފޮށި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހައްޓާނެއެވެ.

advertisement

Next: ދޮށީއުމުރުގެ މީހުންނަކީ ގަދަރުވެރިކަމާއެކު ދިރި އުޅެވޭނެ ބަޔަކަށް ހަދާދޭނަން- ރައީސް ސޯލިހު