ވައްކަން ކުރީ ކާކު ކަން އެނގޭ، އިބޫ ވައްކަން ކުރިކަމަށް ބުނުމުން ރައްޔިތުން ގަބޫލު ނުކުރާނެ: ރޮޒެއިނާ

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައްކަން ކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ގަބޫލުނުކުރާނެކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެންވިދާޅުވެފައިވަނީ ދިއްދޫގައި  އެމްޑީޕީން ކުރިއަށް ގެންދިޔަ ރިޔާސީ ކެމްޕެއިންގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވައްކަން ނުކުރައްވާކަމަށާ ވައްކަން ކުރީ ކާކުކަން މުޅި ދިވެހިރާއްޖޭގެ އެންމެންނަށްވެސް އެނގޭ، އަދި ކަޅު ދަބަސްތަކުގެ ވާހަކަވެސް މުޅި ދިވެހިރާއްޖޭގަ އެންމެންނަށްވެސް އެނގޭ، ރައީސް އިބޫ ވައްކަން ކުރެއްވިޔޭ ބުނީމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. އެހެންވީމަ ފޮތިގަނޑު އުފުލާ މުޒާހަރާއަށް ހަ މީހުން ހަމަނުވަނީ

ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ރައީސް ސާލިހު ވައްކަން ކުރި ނަމަ، ކޮވިޑްގެ އާލަމީ ވަބާގެ އިތުރުން ކުރިމަތިވެގެންދިޔަ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ހިންގަވާފައިވާ މަޝްރޫޢުތައް ހިންގުމަށް މަގުފަހިވެގެން ނުދާނެކަމަށެވެ. ރޮޒައިނާ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ބުއްދި ހުރީ ސަލާމަތުންކަމަށާ އަދި ފަހަރަކު މަޝްރޫއެއްގެ ރިބަންފަށް ކަނޑަމުންދަނީ ވައްކަން ނުކުރާތީކަން ރައްޔިތުންނަށް އެނގޭކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. . ރޮޒެއިނާ ވިދާޅުވީ ކެމްޕެއިން ތެރޭގައިވެސް ގިނަ އަދަދެއްގެ މަޝްރޫއުތައް ނިންމައި ރައްޔިތުންނާއި ހަވާލުކުރައްވަމުންދާކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުތަކާއި އެއްގޮތްވާގޮތުގެމަތިން މަސައްކަތްތައް ކޮށް ނިންމަމުންދާކަމަށެވެ. އެހެންކަމުން ރައީސް ސާލިހަށް އަމާޒުކޮށް ބިނާކޮށްފައިވާ ލަވަތަކުގެ “ލިރިކްސް” ބަދަލުކުރުމަށް އިކޮޅުގެ މެމްބަރުންނަށް ދަންނަވާކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މިގޮތުން އިދިކޮޅު ފަރާތްތަކުން ޖަހަމުންދާ ލަވައިގެ ލިރިކްސް ޖަލުގައޭ ޖަލުގައޭ ޗޯރު ޔާމިން ޖަލުގައޭ ފަދަ ގޮތަކަށް ބަދަލުކުރެއްވުމަށް ރޮޒައިނާވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސާލިހުގެ ކަންކަން ހުންނަގޮތް ވަރަށް ރަނގަޅަށް ރައްޔިތުންނަށް އެގޭނެކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި ހާލަތުގެ ތެރޭގައި ރައީސް ސާލިހު ރައްޔިތުންނާއި ދޭތެރޭ ގެންގުޅުއްވި ކުލުނާއި އޯގާތެރިކަން ފެނިގޮސްފައިވާނެކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މަސްދަރު: ސަންގު އެމްވީ

Next: ދުނިޔޭގެ ވޮލީބޯޅަ އަންހެން ޗެމްޕިއަންކަން ތުރުކީ އިން ހޯދައިފި