އާމިނަތުއަށް ގަދަ ހަޔަކުން ޖާގަ ނުލިބެންވީ ސަބަބެއްނެތް – ސަތޯ

އާމިނަތު ގަދަ 6 ކުޅުންތެރީންގެ ނުހިމަނާ ގަދަ 6 ކުޅުންތެރީން ހޮވުމަކީ ވަރަށް ޚުދުމުޚްތާރުކޮށްފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށް ކުޅިވަރު ދިރާސާކުރައްވާ ބައެއް ބޭފުޅުން ބުނެފިއެވެ.

ކުޅިވަރުދިރާސާ ކުރައްވާ ބޭފުޅުން މިހެން ބުނެފައިވަނީ  ޖުލައި އެއްވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުނު ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރީންގެ ތެރޭގައި އައްޑޫސިޓީ ޕޮލިސް ޓީމަށް ކުޅުނު އާމިނަތު ނުހިމަނައި  މޮޅު 6 ކުޅުންތެރީން ހޮވާފައިވާތީއެވެ.

ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ކުޅުން ބެއްލެވި މަޝްހޫރު ވޮލީކޯޗް އިބްރާހިމް ރަޝީދު ( ސަތޯ ) ބުނީ އާމިނަތު ގަދަ 6 ކުޅުންތެރީންގެ ތެރޭގައި  ނުހިމެނުނު ނަމަވެސް، އޭނާ ވަނީ މިމުބާރާތުގައިއައްޑޫ ޕޮލިސްޓީމުގައި ހިމެނިގެން އެޓީމް ފައިނަލަށް ގެންގޮސް ދިނުމުގައި މުހިއްމު ދައުރެއް އާދާކޮށްދީފައިކަމަށެވެ.

ގަދަ ހަޔެއްގައި ހިމެނުނު ފުވައްމުލަށް ސިޓީ ޕޮލިސްގެ ރީޝާއާއި މަޝްހޫރު ވޮލީ ކޯޗް ސަތޯ

” ފުވައްމުލަށްސިޓީ ޕޮލިސްގެ މަރީއާއި ރީޝާ އަދި ގދ. ޕޮލިސްގެ އާމިނަތު ނަޝްފާ ގަދަ ހަޔެއްގައި ހިމެނުނު ގޮތައް  އައްޑޫ ޕޮލިސްޓީމުގެ އާމިނަތު ގަދަ ހަޔެއްގައި ހިމަނަން ޖެހޭ. ހަގީގަތުގައި އާމިނަތުއަކީއައްޑޫ ޕޮލިސްޓީމަށް ކުޅުނު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ. ހާއްސަކޮށް އޭނާއަކީ އެކަނި މައިއެކަނިވެސް ނަތީޖާ ނެރެވޭނެ ފެންވަރުގެ ކުޅުންތެރިއެއްކަންއޭނާ ވަނީ ދައްކައިދީފައި .އޭނާގެ ހުނަރާއި އޭނަގެ މަސައްކަތް އަހަންނަ ކަމުދޭ،”

 އާމިނަތުގެ ކުޅުމާ ބެހޭގޮތުން ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް ސަތޯ ވީއޯއެމް އަށް މައުލޫމާތު ދެމުން ބުންޏެވެ.

އާމިނަތުއާއި މެދު ހިތްހަމަ ނުޖެހޭ ބަޔަކު މުބާރާތުގެ ވަނަތައް ހޮވުމުގައި ތިބެ އާމިނަތު ގަދަ 6 ގައި ނުހިމެނިއަސް އާމިނަތުއަށް ގަދަ ހަޔަކުން  ޖާގަ ދޭން ޖެހޭކަމަށް ސަތޯނޫނަސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

އައްޑޫޕޮލިސްޓީމުން އެންމެ ރަގަޅަށް ޕާފޯމްކުރި ކުޅުންތެރިއަކީ އާމިނަތު

އަދި މިމުބާރާތުގައި އާމިނަތު އެންމެ ރަނގަޅު ފޯމުގައި ކުޅެފައިވަނިކޮށް  އޭނާ ގަދަ ހަޔަކަށް ނުނެގީ ޒާތީ ވެގެން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

” އެހެން ކަންތައް ކުރުމުން ހުރިހާ ގެއްލުމެއް ލިބޭނީ ވޮލީއަށާ ވޮލީ ކުޅުންތެރީންނަށް . އައްޑޫސިޓީ ޕޮލިސްޓީމް މުބާރާތުގައި ކުޅުނު މެޗްތަކުގައި އެޓީމްގެ އެޓޭކް އެއްކޮށްކަހަލަގޮތަކަށް ބިނާކޮށްފައި އޮތީ  އާމިނަތުއަށް . އަދި އެޓީމް ފައިނަލަށް ދަތުރު ކުރުމުގައި  އާމިނަތުގެ ދައުރު ވަރަށް ބޮޑު .  ގަދަ ހަޔަކަށް ނަގަންވާނީ އެމުބާރާތެއްގައި އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިން . އެހެންކަމުން ގަދަ ހަޔަކުން އާމިނަތުއަށް  ޖާގަ ނުލިބެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. “

ރާއްޖޭގެ މަޝްހޫރު ވޮލީކޯޗް ސަތޯ ބުންޏެވެ.

Next: ވައްކަން ކުރީ ކާކު ކަން އެނގޭ، އިބޫ ވައްކަން ކުރިކަމަށް ބުނުމުން ރައްޔިތުން ގަބޫލު ނުކުރާނެ: ރޮޒެއިނާ