އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަޕްގްރޭޑަކުރުން: ދެކުނުގެ މަސްވެރިކަމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް

ދިވެހިންނަކީ ޒަމާނުއްސުރެ މާކަނޑުން ރޯދި ހޯދައިގެން ދިރިއުޅުން ހަމަޖައްސަމުން އައި ހީވާގި ބައެކެވެ. މަސްވެރިކަން ކުރިއަރަމުން ދިޔަދިޔަހެން އެއިން ނަފާ ހޯދޭނެ ގޮތްތައް ދިވެހިން އައީ ހޯދާ ދަސްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަކީ ކުޅަދާނަ މަސްވެރިން ތިބި، ގިނަ އަދަދަކަށް މަސް ބާނާ ޤައުމަކަށް ވެއްޖެއެވެ. މަސްވެރިކަން ފުޅާވެ، ބާނާ މަހުގެ އަދަދު އިތުރުވީއިރު މަސްވެރިންނަށް ކުރިމަތިލާންޖެހުނީ އެހެން ގޮންޖެހުމަކާއެވެ. މަސްވެރިން ބާނާ މަހުގެ އަދަދާ އެއްވަރަށް މަސްގަންނާނެ ވަސީލަތްތައް އިތުރުނުވީއެވެ. ފާއިތުވެދިޔަ ސަރުކާރުތަކުން މަސްގަންނަ ފެކްޓްރީތަކާ، މަސް ރައްކާކުރެވޭނެ ފެކްޓްރީތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ޙައްލެއް ހޯދައިދެވިފައެއް ނުވެއެވެ.

ރާއްޖޭގެ ދެކުނުގެ މަސްވެރިކަން ވޭތުދިޔަ މާޒީގައި ވަރަށް ބޮޑަށް ކުރިއެރިއެވެ. ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރިއެރިއެވެ. އޮޑިދޯނިފަހަރާ މަސްވެރިކަމުގެ އާލާތްތަކަށް ޒަމާނީވެ މަސްވެރިކަން މެހުކަށް ޖެހިއެވެ. އެހެންނަމަވެސް މަސްވެރިން ބާނާ މަސްކޮޅަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތެއް ނުވިއެވެ. ޒަމާންވީ އެ މައްސަލައަށް މިސަރުކާރުން ވަނީ ބޮޑު ޙައްލެއް ގެނެސްދެއްވުމުގެ ބިޔަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. މަސް ގަނެ ރައްކާކުރާ ކާރުޚާނާތައް އަޅައި، ކުރިން ހުރި ކާރުޚާނާތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. އޭގެތެރެއިން އެ ތަނަކީ އައްޑޫސިޓީ ހުޅުދޫގައިހުރި އައްޑޫ ފިޝަރިޒް ކޮމްޕްލެކްސްއެވެ.

https://psmnews.mv/123465 ތަފްސީލް

Next: މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފި