މީދޫގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދު ކޮށްފި

މީދޫގައި  ބޮޑު ޖަމާއަތެއްގައި އަޟްހާ އީދު ނަމާދު ކޮށްފި އެވެ.

މީދޫ ސަންސެންޓް ރެސްޓޯރެންޓް ކުރިމަތީ އޮތް ހުސްބިމުގައި  ކުރި އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައި އެވެ. މިޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކޮށްދެއްވީ މުހައްމަދު ރަޝީދެވެ.

އަންހެނުންނާއި ފިރިހެނުން އަދި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މިބޮޑު ޖަމާއަތުގައި ބައިވެރިވެފަ އެވެ. ބޮޑު ޖަމާއަތުގެ އިތުރަށް މިއަހަރުގެ  އަޟްހާ އީދު ނަމާދު މީދޫގައި ކޮށްފައިވަނީ މާމިސްކިތުގައި އެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ އިތުރުން، އީދު ސައި ވެސް އީދު ނަމާދަށްފަހު ކުރިއަށް ގެންގޮސްފައިވެއެވެ.

 ބޮޑު ޖަމާއަތުގައި އީދު ނަމާދު ބޭއްވުމާއި އީދުސައި ބޮޑު ޖަމާއަތެއް ބައިވެރިވާ ގޮތައް  ބޭއްވުމުގެ ބޭނުމަކީ  ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށާ ދޭދޭ ފަރުދުންގެ މެދުގައި އޮތް އޮންނަ ގުޅުން އިތުރަށް  ބަދަހިކުރުމުގެ ބޭނުމުގައި ކައުންސިލް އިދާރާއިން ކުރިއަށް ގެންގޮސްފައިވާ ދެހަރަކާތެކެވެ.

-28-06-2023 – މީދޫގައި ބޮޑު ޖަމާއަތުގައި ބޭއްވުނު އީދު ނަމާދުގެ ތެރެއިން

-2023-6-28 – މީދޫގައި ބޮޑުޖަމާއަތުގައި ކުރެވުނު އީދުނަމާދަށްފަހު ބޭއްވުނު އީދު ސައި

-28-06-2023 – މީދޫގައި ބޮޑު ޖަމާއަތުގައި ބޭއްވުނު އީދު ނަމާދަށްފަހު އީދު ސަލާމް ކުރުންވެސް އޮތް

Next: ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ވޮލީޓީމް ވަކިވެއްޖެ